Home Page Image
     
   
  fonts  
 
 

ދިވެހިރާއްޖޭގެ ލޯކޮމިޝަން އުފެދުނީ 22 ޖެނުއަރީ 2002 ދުވަހުގައެވެ. ދިވެހިރާއްޖޭގެ ލޯކޮމިޝަން އުފައްދާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުގެ ދަށުން ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކުގައެވެ. އަދި މިކޮމިޝަން އުފައްދާފަފައިވަނީ އެޓާނީޖެނެރަލްގެ ދަށުން ހިނގަމުންދާނެ ވަކި އިދާރާއެއްގެ ގޮތުގައެވެ.

ދިވެހިރާއްޖޭގެ ލޯ ކޮމިޝަނުގެ ނަމުގައި ހިނގަމުން އައިސް މި އިދާރާގެ ނަން 'ނޭޝަނަލް ލޯ ރިފޯމް ކޮމިޝަން' ގެ ނަމަށް ބަދަލުކުރެއްވީ 31 އޮކްޓޫބަރ 2007 ގައެވެ. މިހާރު މި އިދާރާ ހިނގަމުންދަނީ މިނިސްޓްރީ އޮފް ލީގަލް ރިފޯމް، އިންފޮރމޭޝަން އެންޑް އާރޓްސްގެ ދަށުން ހިނގަމުންދާ ކޮމިޝަނެއްގެ ގޮތުގައެވެ. އަދި ނޭޝަނަލް ލޯ ލައިބްރަރީ އަކީ މި ކޮމިޝަނާއި ގުޅިގެން، މިނިސްޓްރީ އޮފް ލީގަލް ރިފޯމް، އިންފޮރމޭޝްން އެންޑް އާރޓްސްގެ ދަށުން ހިނގަމުންދާ އެ މިނިސްޓްރީގެ ސެކްޝަނެއްގެ ގޮތުގައި 31 އޮކްޓޫބަރ 2007 ގައި ހަމަޖެއްސެވިއެވެ.

 
 

 

ދިވެހިރާއްޖޭގެ ލޯ ކޮމިޝަން 2007